MAAUNGOODHOO SCHOOL.
A Tree is Known by its fruits.
މާއުނގޫދޫ ސްކޫލް
1970 ވަނަ އަހަރު މާރޗް މަހުގެ 23 ވަނަ ދުވަހު، މާއުނގޫދޫގެ އޭރުގެ ބޮޑުކަތީބް، އަލްމަރުޙޫމް ހުސައިން ހަސަން ގެ މޭސްތިރިކަމުގެ ދަށުން، ޚިދުމަތްދޭން ފެށުނު މިސްކޫލަކީ ތަޢުލީމީ ގޮތުންނާއި ގާބިލިއްޔަތުކަމުގެ ގޮތުން އެންމެ މަތީ ދަރަޖައަކަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތްކުރަމުން އަންނަ ސްކޫލެއް. މަކްތަބުއްނޫރް ގެ ނަމުގައި ހިދުމަތް ދޭންފެށި މިސްކޫލްގެ ނަން މާއުނގޫދޫ ސްކޫލަށް ބަދަލުކުރެވިފައި ވަނީ 10 ސެޕްޓެމްބަރ 1981 ގައި.
35 އަހަރު ރައްޔިތު ސްކޫލެއްގެ ގޮތުގައި ހިންގުމަށްފަހު، 01 އޮގަސްޓު 2005 ގައި ސަރުކާރު ސްކޫލަކަށް ބަދަލުކުރެވުނު. ސްކޫލުގެ ހަޔާތުން ސާޅީސް ނުވަ އަހަރު ފާއިތުވެފައިވާއިރު މި ސްކޫލްދަނީ ޢިލްމީ، އަދަބީ، އުމްރާނީ، އަދި ކުޅިވަރުގެ މައިދާނުގައި ވެސް އަލިމަހުން ގުނައިލެވޭ ފަދަ ކާމިޔާބީތަކެއް ހާސިލުކުރަމުން. 2003 ވަނަ އަހަރު ގްރޭޑް 8 އުފެދި، 2005ވަނަ އަހަރުން ފެށިގެން މިސްކޫލުގެ ދަރިވަރުންދަނީ ގްރޭޑް 10އެއް ފުރިހަމަކޮށް ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުގައި ބައިވެރިވެ ރަންވަނަތަކެއް ހޯދަމުން. މިއަދު މި ސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ސާނަވީ އާ ހަމައަށް ކިޔަވައިދެމުން އަންނަ، ކާމިޔާބު އެތަކެއް ދަރިންތަކެއް ޢިލްމީ މައިދާނަށް ނެރެމުން އަންނަ ސްކޫލެއްކަން ފަޚްރުވެރިކަމާއެކު ފާހަގަކުރަން.
Vision
ވިޒަން
To create a school esteemed for producing academically excellent and well-disciplined students.
ތައުލީމީގޮތުންނާއި އަހްލާޤީގޮތުން ރަނގަޅު ދަރިވަރުންތަކެއް އުފައްދާ ސްކޫލަކަށްވުމެވެ.
Mission
އަމާޒު
We are dedicated:
To foster Our students in a caring and conducive learning enviornment, moulding them and helping them to develop the skills and character
necessary to rejoin the community with success.
އޯގާތެރި ކިޔެވުމަށް އެކަށޭނަ މާހައުލެއްގައި ދަރިވަރުން ތަމުރީނުކޮށް މުޖުތަމަޢުއަށް ކާމިޔާބުކަމާއެކު ނުކުތުމުގެ ހުނަރާއި ސިފަތައް ދަސްކޮށްދިނުމެވެ.
Motto
މޮޓޯ
A Tree is Known by its fruits.
ގަސްއެނގޭނީ އޭގެ މޭވާއިންނެވެ.
School Song
Maldives National Anthem